ޕެރެގުއޭއާ ވާދަކޮށް ރޭގައި ކުޅުނު މެޗުގައި، ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިވުން ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ޕެނެލްޓީއާ ހަމައަށް ގޮސް ޖަރުމަން ބަލިވި ފުރަތަމަ ފަހަރަށެވެ.
އެ ލަނޑާއެކު ވޯލްޑް ކަޕްގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޖަރުމަން، ގަދަ 16އަށް ނުގޮސް ކެޓީއެވެ.
ހަގީގަތުގައި ތައުރީފު ހައްގީ ޕެރަގުއޭއަށެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އެމެރިކާ އަތުން 4-1ގެ ބޮޑު ބައްޔަކާ ކުރިމަތިވި އެވެ. ނަމަވެސް އޭގެ ފަހުން ޕެރެގުއޭ ފެނުނީ ފަސޭހައިން ބަލިނުކުރެވޭނެ، ފަސޭހައިން ރޫޅާނުލެވޭނެ ޓީމެއްގެ ގޮތަށެވެ.
ގަދަ 32ގެ ނޮކްއައުޓް ބުރުން ޖާގަ ލިބުނީ ތިންވަނައަށް ނިންމި ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު އަށް ވަނަ ޓީމުތަކުގައި ހިމެނިގެންނެވެ. އެގޮތުން ވެސް އެއީ ހަތް ވަނަ ޓީމެވެ.
ނަމަވެސް ގްރޫޕް އީން އެއްވަނަ ހޯދައިގެން ނޮކްއައުޓް ބުރަށް ދިޔަ ޖަރުމަނަށް، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 30 މިނިޓްގައި ވެސް ޕެރަގުއޭގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.



