މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުޤީގަށް 36 އަހަރުގެ އަންނެނަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މި މައްސަލައިގެ ތަހުޤީގަށް ސުވާލު ކުރުމަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އއ. މާޅޮސް / ހިތްފަސޭހަގެ، ފާތިމަތު ޔުސްރާ އަށެވެ.
ފުލުހުން ބުނީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީގު ކުރަމުންދާ މި މައްސަލައިގައި ސުވާލު ކުރުމަށް އޭނާ ހާޒިރު ކުރުމަށް ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
އަދި އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރު ވުމަށް އޭނާއަށް ފުލުހުން ވަނީ އަންގާފައެވެ.



