20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުވުމާއި ގުޅިގެން، ލޯކަލް ކައުންސިލް ތަކުގެ މަޤާމުތަކެއް ހުސްވެފައިވާތީ، ކުރިޔަށް އޮތް ކައުންސިލް ބައި-އިލެކްޝަން ތަކުގައި އެމްޑީޕީ ގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތަށް ހުޅުވާލައިފިއެވެ.
އެމްޑީޕީ ގެ ޕްރައިމަރީ ގައި ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވާލާފައިވާ މަޤާމުތަކަކީ؛
- ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު
- ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު
- މައްޗަންގޯޅީ މެދު ދާއިރާގެ ކައުންސިލް މެމްބަރު
- ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލް މެމްބަރު
- ޅ. އަތޮޅު ކައުންސިލްގެ ރައީސް
- ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރު
މި މަޤާމުތަކަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ގޫގުލް ފޯމެއް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެ ޕާޓީއިން ވަނީ އެދިފައެވެ. އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑް ސާފު ކުރާ ފޯމު ސާފު ކުރުމަށް ފަހު އެ ޕާޓީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެމްޑީޕީގެ ގޫގުލް ފޯމުގެ ލިންކް: https://forms.gle/YbEJkZhaL9X8Rvaz6




