ހައުންސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ކ. ތިލަފުށިން ކުއްޔަށް ދީފައިވާ ބިމެއްގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެނިހެން ތަކެތި ނަގަން އެކުންފުނިން އަންގައިފި އެވެ.
އެޗްޑީސީން ބަޔަކަށް ކުއްޔަށް ދީފައިވަނީ ލޮޓް ނަންބަރު: S8-F16/30230 ބިމެވެ. އެބިމުގައި ގަވާއިދާއި ޚިލާފަށް ބާޖަކާއި، ސަފާރީ އަކާއި، 7 ލޯންޗެއްގެ އިތުރުން އެއްގަމު އުޅަނދުތަކާއި ބޭނުން ނުކުރާ ބައެއް އާލާތްތައް ބަހައްޓާފައި އެބަހުއްޓެވެ.
އެޗްޑީސީން ބުނީ، މި ބިން ހުސްކޮށް، ބިން ކުއްޔަށްހިފި ފަރާތާއި ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށްދާތީ، އެ ބިމުގައި އުޅަނދުތަކާއި ތަކެތި ބަހައްޓާފައި ހުރި ފަރާތްތަކަަށް 15 ދުވަސްތެރޭގައި އެ ނެގުމަށް އަންގާކަމަށެވެ. އަދި އުޅަނދުތަކާއި ތަކެތި ނަގަން ދިން މި މުއްދަތުތެރޭގައި އޭގެ ވެރިފަރާތުން އެ ނުގެންގޮސްފިނަމަ، އެއީ ގަވާއިދާ ޚިލާފަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި، ތަކެތިކަމަށް ބަލައި، އެ އުޅަނދުތަކާއި ތަކެއްޗާމެދު ކޯޕަޜޭޝަނަށް ފެންނަ ގޮތަަކަށް އަމަލުކުރާނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ކ. ތިލަފުށީ ލޮޓް ނަންބަރު: S8-F16/30230 ބިމުގައި ބަހައްޓާފައި ހުރި އުޅަނދު އަދި ތަކެތީގެ ވެރި ފަރާތެއް ވާނަމަ އެ ކުންފުނީގެ ކޯލް ސެންޓަރު ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް ފަހު އެ ގެންދިއުމަށް އެޗްޑީސީން އެދިފައި ވެއެވެ.



