ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަކާޑު ގުޅިގެން، 100،000ރ.ގެ ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
– މި ޕްރޮމޯޝަނުގެ ގުރުއަތުގައި:
° ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަކާޑު ބޭނުންކޮށްގެން މަދުވެގެން 200ރ.ގެ މުއާމަލާތެއް ފުރިހަމަކުރަންޖެހޭނެ
° ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެ
° ހަފުތާއަކު 1،000ރ. ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެ؛ މަހެއްގެ ތެރޭގައި 5،000ރ. ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެ
– ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 މީހަކަށް:
° ކޮންމެ މީހަކަށް 10،000ރ.ގެ ފައިސާގެ އިނާމު ލިބޭނެ
° މި ފައިސާ ސީދާ އެ މީހެއްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރެވޭނެ



