ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ މަގާމުގެ މަސައްކަތުން ދުރުކޮށް، ސަސްޕެންޑު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖުޑިޝަލް ސާރވިސް ކޮމިޝަނުން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ސަސްޕެންޑުކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ބާވަތަށާއި ތަހުޤީގަށް ހޯދާފައިވާ މައުލޫމާތައް ބަލައި ޝަރުއީ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ކޮމިޝަނުގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މިއަދުން ފެށިގެން މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުވުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީއިން ވިދާޅުވިއެވެ.
މިގޮތަށް ނިންމާފައިވަނީ، ޖޭއެސްސީގެ 22 ވަނަ ބައްދަލުވުމުގައެވެ.



