ތިލަދުންމަތީ ދެކުނުބުރީ އަތޮޅުގެ ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްކޮށްފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.
އެ އިދާރާއިން މިކަން ހާމަކޮށްފައި ވަނީ އެކްސް.ކޮމް ގައި އާއްމުކުރި ޕޯސްޓެއްގައެވެ.
އެކްސް ޕޯސްޓުގައި މެޓް އޮފީހުން ބުނީ ގޮތުގައި ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށެވެ.
މި ގޮތަށް ބިންގަނޑަށް ލޮޅުމުގެ އަސަރެއް ކުރި ނަމަވެސް ރާއްޖެއަށް މިކަމުން އެއްވެސް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިދުވަސްވަރަކީ މޫސުން ގޯސްވެ، ވައިގަދަ، ކަނޑުގަދަ ދުވަސްކޮޅެއް ކަމަށްވާތީ ކަނޑުމަތީގެ ދަތުރުފަތުރުތަކާއި މޫދަށް އެރުން، ދަތުރުދިއުން ފަދަ ކަންތަކަށް ސަމާލުވެ ރައްކާތެރިވުމަަށް ތަކުރާރުކޮށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.




