ޤަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އަލް ތާނީ މިއަދު އަވަހާރަވެއްޖެއެވެ.
އެ ޤައުމުގެ ސަރުކާރުން ވަނީ 1995 އިން 2013 އަށް ވެރިކަން ކުރެއްވި އަމީރު އަވާހަރަވިކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
ޝައިޚް ހަމަދަކީ ޒަމާނީ ޤަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. އޭނާ ވަނީ ޤަތަރަށް އާދަޔާ ހިލާފް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައިފައެވެ.
”މާތް ﷲ ގެ މިންވަރުފުޅަށް ރުހިގެންވާ ހާލު، އިއްޒަތްތެރި އަމީރު ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީގެ ބައްޕާފުޅު، މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވިކަން އިއުލާނުކޮށް، މުޅި އުންމަތަށް ލިބުނު ބޮޑު ގެއްލުމާއި ހިތާމަ ފާހަގަކުރަން. މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތްލައްވާށި“ އަމީރުގެ އޮފީހުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައިވެއެވެ.
ޝައިހް ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.
މިހާރު އިންޓަނޭޝަނަލް މީޑިއާގައި ނުފޫޒު ގަދަ ”އަލް ޖަޒީރާ“ އަކީ ވެސް ހަމަދުގެ ވެރިކަމުގައި 1996 ވަނަ އަހަރު ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދި ނެޓްވޯކެކެވެ.



