އުދަ އަރާނެ ކަމަށް ބެލެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓު އޮފީހުން ބުނީ ހެނދުނު 10:30 އިން މެންދުރު ފަހު 3:00 އާ ދޭތެރޭގައި އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދިޔަވަރު ބޮޑުވި ވަގުތު، އިއްޔެ މެންދުރު ވެސް މާލެއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ.
އުދަ އަރާއިރު އާންމުކޮށް އެންމެ ބޮޑަށް އަރާ ރާޅުގަނޑު ސަރަހައްދަށް ގަލާއި ވެއްޔާ އެކު ލޮނުގަނޑު އަރާފައި ވާއިރު އެންމެ ބޮޑަށް ރާޅު އެރި އެއް ސަރަހައްދަކީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖެވެ. އެ ތަނަށް އެރި ރާޅުތަކާ އެކު ސައިކަލްތައް ވެއްޓި ލޮނުގަނޑުގެ ތެރެއަށް ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުން ވެފައިވެއެވެ.
މީގެ އިތުރުން އާޓިފިޝަލް ބީޗު ސަރަހައްދަށް ވެސް މީގެކުރިން ވަނީ އުދަ އަރައިގެން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.




