ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިއްޔެ ހުޅުމާލެއިން 20 މީހަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ މި އޮޕަރޭޝަން ހިންގީ، ގަވައިދާ ހިލާފަށް މާރުކޭޓުގައި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހުޅުމާލެ ރަށު މާރުކޭޓުގަ އެވެ. އިމިގްރޭޝަނުން ބުނީ އެތަނުގައި މަސައްކަތް ކުރަމުންދިޔަ 55 ބިދޭސީން ފާސްކޮށް، ގާނޫނާއި ގަވާއިދާ ހިލާފަށް ތިބި 20 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އަންނަނީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.




