ފުލުހުންގެ ހިދުމަތުން ހިފަހައްޓާފައިވާ 30،000 ޑޮލަރު ހަލާކުވި މައްސަލައިގައި ފުލުހަކު ވަކިކުރަން ލަފާދީފިއެެވެ.
ފުލުހުން ބުނީ އެ ޑޮލަރުތަކަކީ މީގެ ހަތް އަހަރުކުރިން ފެންމަތިވި މައްސަލައެއްގައި ހިފެހެއްޓި ޑޮލަރުތަކެއް ކަމަށާއި އެ ފައިސާތައް ބެހެއްޓިފައި ވަނީ ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އަދި އެ ފައިސާ ހަލާކުވެފައި ވަނީ ފުލުހުންގެ މުވައްޒަފެއްގެ އިހުމާލުން ކަމަށާއި މި މައްސަލަ ސިޕްލިނަރީ ބޯޑުން ބެލުމަށް ފަހު އިހުމާލުވި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ލަފާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މި ފައިސާތަކަކީ ކޮން މައްސަލައަކާ ގުޅިގެން ހިފެހެއްޓިފައިވާ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އާންމުކޮށް ފުލުހުން ފައިސާ ހިފަހައްޓަނީ ގަވައިދާ ހިލާފަށް ހިންގާ ކުށްތަކާ ގުޅިގެން އަތުލައިގަންނަ ފައިސާކަން ފާހަގަކޮށްލެވެއެވެ.



