ހުޅުމާލެ ފޭސް ދޭއް، ހިޔާ ޓަވަރު 9 ގެ އެޕާޓްމަންޓެއްގައި، އުނދުނަށް އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ރޯވި އަލިފާންގަނޑު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އުނދުނަށް އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށާއި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އިމާރާތަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.



