މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި މަހު ފެށި ދުވަހުގެ ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ މައުރަޒު މިރޭ ނިމޭނެއެވެ.
މި މުބާރާތް ފަށާފައިވަނީ މިދިޔަ މަހު 3 ގައެވެ. މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އާއި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެން ބާއްވާ މި މައުރަޒުގައި، ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު 10 އުފެއްދުން ހިމެނެއެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ކުރެހުމަށް ވަނީ ވަނަތައް ވެސް ދީފައެވެ.
އެގޮތުން ކުރެހުމުގެ މުބާރާތުން ވަނަތައް ލިބިފައިވަނީ:
10-15 އަހަރުގެ އުމުރުފުރާ:
1. އެއްވަނަ: މުހައްމަދު އުއާން އަލީ
2. ދެވަނަ: ޔުސެއިރާ މުހައްމަދު ޔަމާނީ
3. ތިން ވަނަ: މަރިޔަމް އަންޖަލް ސިދްނީން
16-20 އަހަރުގެ އުމުރުފުރާ:
1. އެއްވަނަ: ފާތިމަތު މަންޝާ އިބްރާހިމް
2. ދެވަނަ: އައިނާ އަހުމަދު ޒަބީހު
3. ތިންވަނަ: އަހުމަދު އީމާން މުހައްމަދު
21 އަހަރުން މަތީގެ އުމުރުފުރާ
1. އެއްވަނަ: އަލީ ނަބީލް
2. ދެވަނަ: އައިޝަތު ލިއުޝާ
3. ތިންވަނަ: އައިޝަތު ސުބާ އަލީ
ފޮޓޯގްރަފީ މުބާރާތުން ވަނަތައް ހޯދީ:
1. އެއްވަނަ: ނައުޝާމް ވަހީދު
2. ދެވަނަ: ދިޔައީ ސިދްރާ އިބްރާހީމް
3. ތިންވަނަ: އިބްރާހިމް ޝަހީމް
މި ދެ މުބާރާތުގައި ވެސް އިނާމުގެ ގޮތުގައި އެއްވަނައަށް 10،000 ރުފިޔާ، ދެވަނައަށް 6،000 ރުފިޔާ އަދި ތިންވަނައަށް 3،000 ރުފިޔާ ވަނީ ދީފައެވެ.
މައުރަޒުގައި ހިމަނާފައިވާ ކުރެހުންތަކާއި ފޮޓޯތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.



