ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން އައު ޕްރޮމޯޝަން އެއް ފަށައިފި އެވެ.
މިއަދުން ފެށިން ޖޫން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަނަކީ ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންނަށް ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ. މި މުއްދަތުގައި އިސްލާމިކް ކްރެޑިޓް ކާޑް ހައްދާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ބީއެމްއެލްއިން ބުނީ، ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެކަމަށެވެ.
ބީއެމްއެލްއިން އަލަށް ތައާރަފުކުރި އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ބުކިންގ.ކޮމް އަދި ޑައިނިންގ އެކްސްޕީރިއަންސް ފަދަ އޮފަރތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާވެސް ދެއްކެއެވެ. އަދި، މިކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓްވެސް ހޯދޭއިރު، ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕްއިންޓްސް ބޭނުންކުރެވެއެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކޮށްފައިވާ ކާޑެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.



