ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގަމުން އަންނަ ފާމަސީތަކުގެ ޚިދުމަތް މާދަމާ މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާކުރުމުގެގޮތުން، މިހާރު ބޭނުންކުރަމުން އަންނަ ސޮފްޓްވެއަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތް މާދަމާ ކުރުމަށް ހަމަޖެހިފައިވާތީ ފާމަސީތަކުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ، ފާމަސީގެ ޚިދުމަތް މާދަމާ މެދުކެނޑިފައި ހުއްޓަސް، އެމަޖެންސީ ހާލަތްތަކުގައި ބޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި އެސްޓީއޯއިން ދަނީ ފާމަސީ ހިންގަމުންނެވެ. ގިނަ ފާމަސީތަށް ހުންނަނީ އަތޮޅު ވެރިކަންކުރާ ރަށުގަ އެވެ.




