އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖީއީ ހެލްތުކެއަރ އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، ”ވީ ސްކޭން“ ގެ މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފް ކޮއްފިއެވެ.
ހޮޓެލް ޖެންގައި ރޭގައި ބޭއްވި ހަފްލާގައި މި ޑިވައިސް ތަޢާރަފް ކޮއްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތުކެއަރގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.
ސްކޭންގެ ޙިދުމަތް ދެވެމުންއައި ގޮތް، ކްލިނިކް ތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ، ޕޭޝަންޓާ ވީހާވެސް ކައިރިން ޙިދުމަތް ދިނުމުގައި، އަލަށް ތަޢާރަފް ކުރެވުނު މިމޮޑެލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މިޙިދުމަތް ފުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ގަބޫލުކުރެއެވެ.
މިމޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް ޑީޝޯޟ ސްޓޭންޑަޑް ގައި ޝެއަރ ކުރެވޭނެއެވެ.
ސްކޭން މެޝިންގެ ބްރޭންޑު ތަކުގެ ތެރެއިން ޖީއީ ހެލްތުކެއަރ އަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ.
ރާއްޖޭގެ ސިއްޙީ ޙިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އެސްޓީއޯއެވެ. އަދި މިބްރޭންޑުގެ މެޝިނަރީސްގެ އަފްޓަރ ސޭލްސް ސަރވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުންވަނީ ޣޭ ޙެަލތހޗަރެ ގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފައެވެ.
މިގޮތުން އެމް.އާރު.އައި ، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތް އިރު، މިޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެއީ އެސްޓީއޯއިން ފާހަގަކުރާ ކަމެކެވެ.
މިއަދު މި ތައާރަފް ކުރެވޭ ޑިވައިސް އަކީވެސް އެސްޓީއޯއިން ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިދާއިރާއަށް ހާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެކެވެ.



