އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިޔުޝަންއިން މަކީޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ”ސަޅިއޭ މަކީޓާ“ ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ގުރުއަތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ބައިލައްކަ ރުފިޔާ ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި 1000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު އެންމެ ގިނައިން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއް ލިބިގެންދާނެއެވެ. އަދި ހޮވާލެވިފައިވާ ބައެއް ޕްރޮޑަކްޓްތަކުން ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ. ޑިސްކައުންޓް ލިބިގެންދާނީ 8 ޕަސަންޓް އިން ފެށިގެން 50 ޕަރަސަންޓްއާއި ދޭތެރޭގައެވެ.

މި ޕޮރޮމޯޝަންގެ ގުރުއަތުލުން އޮންނާނީ ޕްރޮމޯޝަން ނިމޭތާ ހަފްތާއެއްގެ ތެރޭގައެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
”ސަޅިއޭ މަކީޓާ“ ޕްރޮމޯޝަން ކުރިއަށްދާނީ މަކީޓާ ޝޯރޫމް މާލެއަދި ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން ރީޖަނަލް ފިހާރަތަކުގައެވެ.
މިއީ ކޮންމެ އަހަރަކުވެސް އެސްޓީއޯ ކޮންސްޓަރަކްޝަން ސޮލިޔުޝަންގެ ފަރާތުން ކަސްޓަމަރުންނަށް މަކީޓަގެ އުފެއްދުންތައް އަގުހެޔެކޮށް ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި ބާއްވަމުންއަންނަ ޕްރޮމޯޝަނެކެވެ.
އެސްޓީއޯއިން މަކީޓާގެ އުފެއްދުންތައް ބާޒާރަށް ނެރޭތާ މިހާރުމިވަނީ 28 އަހަރުވެފައެވެ.




