ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު މާރާމާރީ ހިންގި މައްސަލައިގައި އާޖެންޓީނާގެ ލެއަންޑްރޯ ޕަރެޑެސް ހިމެނޭހެން އެ ޓީމުގެ ބައެއް ކުޅުންތެރިންނާއި، އޮފިޝަލަކަށް އަދި އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނަށް ފީފާ އިން ބޮޑު އަދަބެއް ދީފިއެވެ.
ފައިނަލް މެޗުގައި ސްޕެއިންއާ ވާދަކޮށް 1-0 އިން ބަލިވުމުން އާޖެންޓީނާއިން ހިންގި މާރާމާރީއާ ގުޅިގެން އެންމެ ބޮޑު އަދަބެއް ލިބުނީ ސްޕެއިނުގެ ދެ ކުޅުންތެރިޔަކަށް ހަމަލާދިން އާޖެންޓީނާގެ ޕަރެޑެސް އަށެވެ. ފީފާ އިން ވަނީ އޭނާ ބައިނަލްއަގްވާމީ 10 މެޗަށް ސަސްޕެންޑްކޮށް 90،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
މީގެއިތުރުން އާޖެންޓީނާގެ ނަހުއެލް މޮލީނާ އަށް ހަތް މެޗުގެ ސަސްޕެންޝަނަކާއި، 90،000 ޑޮލަރުގެ ޖޫރިމަނާގެ އަދަބެއް ލިބުނުއިރު، އެ ޓީމުގެ ތިއާގޯ އަލްމަންޑާ ވަނީ އެއް މެޗަށް ސަސްޕެންޑްކޮށް 30،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
އާޖެންޓީނާގެ އޮފިޝަލުންގެ ތެރެއިން އަދަބު ލިބުނީ އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ އަށެވެ. ފީފާ އިން ވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ތިން މެޗަށް ސަސްޕެންޑްކޮށް 30،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.



