ޤައުމީ އިންޖިނިއަރުންގެ ދުވަސް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިންވެސް މިއަދު ފާހަގަ ކޮށްފިއެވެ.
އިންޖިނިއަރިންގް ދުވަހުގެ ތަހުނިޔާ ފޮނުވަމުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ފެން ކުންފުނިން ބުނީ، އިންޖިނިއަރިންގަކީ އެ ކުންފުނީގައި ހަމައެކަނި އެމީހުން ކުރާ މަސައްކަތް އެކަނި ނޫން ކަމަށާއި އެއީ މުޖުތަމައު ކުރިއެރުވުމަށާއި ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގެ ބިންގާ ކަމަށެވެ.
އެގޮތުން އެމްޑަބްލިޔުއެސްސީން ވަނީ އެ ކުންފުނީގެ އިންޖިނިއަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށްފައެވެ. އަދި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެސް ވެފައެވެ.
އެ ރަސްމިއްޔާތުގައި ފެން ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ އާއި އިސްވެރިން އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވެސް ބައިވެރިވެ، އިންޖިނިއަރުންނަށް މި ދުވަހުގެ ތަހުނިޔާ ފޮނުވާފައިވެއެވެ.




