މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޕީއެލްއިން މި އަހަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ޓަގް އޮޕަރޭޓުންނަށް 08 ޖާގަ އާއި އޮޓޮމޯޓިވް މެއިންޓަނަންސްއަށް 09 ޖާގައެވެ. 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ޕްރޮގްރާމަށް ހޮވޭޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެއެވެ.
އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު 10 ޖޫން 2024 ވާ ދުވަހުގެ 15:30ގެ ނިޔަލަށް އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، އެމްޕީއެލް އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.




