ކިއު ސްޓަޑީގެ ފަރާތުން ރާއްޖޭގައި މިހާތަނަށް ބާއްވާ، ރާއްޖޭން ބޭރުގެ މަތީ ތައުލީމުގެ އެންމެ ބޮޑު އެކްސްޕޯ އަންނަ ހަފުތާ ބަންދުގައި ބާއްވަން ނިންމައިފި އެވެ.
”އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑް އެޑިއުކޭޝަން އެކްސްޕޯ“ އޮންނާނީ އަން ޖޫން 7 ވާ ހުކުރު އަދި 8 ވާ ހޮނިހިރު ދުވަހު މާލޭ މީރުމާ އިވެންޓް ހޯލްގައި ހަވީރު 5 އިން ރޭގަނޑު 10 އަށެވެ. މި އެކްސްޕޯގައި މެލޭޝިއާގެ 20 އަށް ވުރެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވެއެވެ. މީގެ އިތުރުން މިއެކްސްޕޯގައި، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތަކުގެ މައުލޫމާތުވެސް ލިބިގެންދާނެކަމަށް ކިއު ސްޓަޑީން ބުނެއެވެ.

ކިޔު ސްޓަޑީ އިން މިފަހަރު ކުރިއަށް ގެންދާ އެކްސްޕޯގެ ތެރެއިން ޔުނިވަރސިޓީތަކަށް އެޕްލައި ކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި ޝަރުތު ހަމަވާ ދަރިވރުންނަށް ވަގުތުން އޮފަރ ލެޓަރވެސް ލިބިގެން ދާނެއެވެ. މި އެކްސްޕޯ ވެގެންދާނީ އޭ-ލެވެލް އަދި އޯ-ލެވެލް ދަރިވަރުންގެ އިތުރުން ސަރުކާރުން ދޫކުރާ މަތީ ތައުލީމު ލޯނަށް ކުރިމަތިލާފައިވާ ދަރިވަރުންނަށާއި، ރައީސް އެވޯޑް އަދި ހައިއެޗީވާރސް ދަރިވަރުންނަށް މެލޭޝިއާގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން ޖާގަ ހޯދަން ރަނުގެ ފުރުސަތަކަށެވެ.

މިއެކްސްޕޯއަށް ޒިޔާރަތްކުރާ ދަރިވަރުންނަށް ކިއު ސްޓަޑީން ގިނަ ޚިދުމަތްތަކެއް ހިލޭ ފޯރުކޮށްދޭގޮތަށް ހަމަޖެހިފައި ވެއެވެ. އެގޮތުން، ޔުނިވާސިޓީތަކުން ޕްލޭސްމަންޓް ހޯދައިދިނުމާއި، ވިސާ ހަމަޖައްސައިދިނުމާއި، ލޯނު އެޕްލިކޭޝަން ފުރަން އެހީތެރިވެދިނުމާއި، ބަޖެޓު ހަދައިދިނުން ހިމެނެއެވެ. މީގެ އިތުރުން، އެކޮމޮޑޭޝަން ހަމަޖައްސައިދިނުމުގައި އެހީތެރިވެ ދިނުމާއި، ޓިކެޓު ބުކް ކުރުމާއި މާސްޓާސް އާއި ޕީއެޗުޑީ ދަރިވަރުންނަށް ޑިޕެންޑެންޓް ވިސާ ހަދަން އެހީތެރިވުމުގެ އިތުރަށް ކިޔަވަން ގޮސް އުޅުމުގައި އެއްވެސް ކަމަކަށް އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ޖުމްލަކޮށް ބެލެނިވެރި ފަރާތެއްގެ ގޮތުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ކިޔަވަމުން ދާ ދުވަސްވަރުގައި ފޯރުކޮށްދޭނެކަމަށް ކިޔު ސްޓަޑީން ބުނެއެެވެ. މީގެ އިތުރުން ކިއު ސްޓަޑީ މެދުވެރިވެގެން، ޔުނަވަރސިޓީތަކުގައި އެންރޯލްވާ ދަރިވަރުންނަށް ”ކޭޝްބެކް“ ގެ ގޮތުގައި ފައިސާ ގެ ހަދިޔާ ނުވަތަ ހިލޭ އެއްކޮޅު ޓިކެޓް ލިބިގެންދާނެކަމަށްވެސް ކިއު ސްޓަޑީން ބުނެއެވެ.

މެލޭޝިޔާގެ 40 އަށް ވުރެ ގިނަ ޕަބްލިކް އަދި ޕްރައިވެޓް ޔުނިވަރސިޓީތަކާ އެކު ޕާރޓްނަރޝިޕް އޮންނައިރު، ކިއު ސްޓަޑީ މޯލްޑިވްސް ވެގެންދާނީ މެލޭޝިޔާގެ އެންމެ ގިނަ ޔުނިވަރސީޓީތަކާއެކު ރަސްމީ ޕާރޓްނަރޝިޕް އޮންނަ ހަމައެކަނި ރާއްޖޭގެ ފަރާތަށެވެ. އަދި އެންމެ ބޮޑު މަތީ ތަޢުލީމުގެ ކޮންސެލްޓަންޓަށެވެ. ރާއްޖޭގެ ދަރިވަރުން މަތީތައުލީމު ހާސިލްކުރުމަށް ކުރާ ދަތުރުގައި ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ކިއު ސްޓަޑީ ގެ އެއް އަމާޒު އަދި މަގުސަދަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ދަރިވަރުންނަށް ހުރި ފުރުސަތުތައް އެ ކުދިންނަށް ކިޔައިދީ، މަގު ދައްކައިދިނުމެވެ. ޚާއްސަކޮށް މެލޭޝިއާއަށް ކިޔަވަންދާ ދަރިވަރުންނަށް ކިއު ސްޓަޑީއިން އެތައް ގިނަ ޚިދުމަތްތަކަކާއި އެހީތެރިކަން އެއްވެސް އަގަކާނުލާ ފޯރުކޮށްދެ އެވެ. ދަރިވަރުންގެ ވިސާގެ ކަންތަކުން ފެށިގެން އެކޮމޮޑޭޝަން އާއި ކިޔަވަން ގޮސް އުޅުމުގެ ތެރޭ ދިމާވާ އެހެން ކަންތައްތަކުގައި ވެސް ދިވެހި ދަރިވަރުންނަށް އެ ކުންފުނިން އެހީތެރިކަން ދެއެވެ. ކިއު ސްޓްޑީ މޯލްޑީވްސްގެ ފަރާތުން މިހާރުވެސް 300 އަށް ވުރެ ގިނަ ދަރިވަރުން މެލޭޝިޔާގައި ތަޢުލީމު ޙާސިލްކުރަމުންދެއެވެ.

ކިޔު ސްޓަޑީގެ ހެޑް އޮފީސް މެލޭޝިޔާގައި ހުންނައިރު ރީޖަނަލް އޮފީސްތައް މާލޭގެ އިތުރުން އެހެން ޤައުމުތަކުގައިވެސް ހުރެއެވެ. މާލޭ އޮފީހަށް ޒިޔާރަތްކޮށް، މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު އޮޅުންފިލުވުމާއި، ބޭރަށް ކިޔަވަން ފުރާއިރު ބޭނުންވާ އެހީތެރިކަމެއް އޮތްނަމަ އެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮވެ އެވެ. މެލޭޝިއާގެ މައި އޮފީހަކީ، ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމަށް ދާ އެ ގައުމުގައި އުޅޭ ދަރިވަރުން ގައުމުން ބޭރުގައި އުޅޭއިރު ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދޭ އޮފީހެކެވެ.




