ސްޓެލްކޯގެ ބޯޑު މެންބަރަކަށް މަރިޔަމް ސާޖިދާ އައްޔަނުކުރައްވައިފި އެވެ.
ސްޓެލްކޯގެ ބޯޑަށް ސާޖިދާ އައްޔަނުކޮށްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އޭނާ ބޯޑަށް އައްޔަނުކޮށްފައިވަނީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.
އެކައުންޓިން ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައި ސާޖިދާ އަކީ އިނގިރޭސިވިލާތުގެ ކޮވެންޓްރީ ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ޔުނިވަސިޓީ އޮފް ހާޓްފޯޑްޝަޔާ އިން އެކައުންޓިން ޑިގްރީއެއް ހާސިލުކުރައްވާފައި ވެއެވެ.
ސާޖިދާއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުންނެވެ. ބޯޑު މެމްބަރުކަމަށް ސާޖިދާ އައްޔަން ކުރުމުން ސްޓެލްކޯ އިން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.




