ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ 8:45 އިން ފެށިގެން މެންދުރު 14:45 އާއި ހަަމައަށެވެ.
މެޓުން ނެރެފައިވާ ހުދު ސަމާލުގައި ބުނިގޮތުގައި، މި ގަަޑިތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރެވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު އެހެން ހިސާބުތަކަށް ވުރެ ބޮޑަށް މެދުރާއްޖެތެރޭ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެފައިވެއެވެ.


