މާލޭގެ ގެއަކަށް ބަޔަކު ވަދެ، ފޭރުނު މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ރޭގައި ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައި ނުވިނަމަވެސް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ގަލޮޅުގައި ހުންނަ އެ ގެއަށް ވަދެ، ގޭގައި ތިބި މީހުންނަށް ބިރު ދެއްކުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާކަން އެނގިފައިވެއެވެ.
ނަމަވެސް، އެ ހާދިސާގައި އެ ގޭގައި ތިބި މީހުންނަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ




