ގދ. ފިޔޯރީއަށް މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން އެރަށުގެ 90 އިންސައްތަ ގެތަކަށް ފެން ވަދެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ރޭ ދަންވަރު 1:30 އިން ފެށިގެން ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެފައިވާ ކަމަށެވެ.
ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައި ނުވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
މިވަގުތު އެ ރަށު ކައުންސިލުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށާއި ފިޔޯރީ ކައުންސިލާ ގުޅިގެން އެންޑީއެމްއޭއިން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނައިރު، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށް ވެސް ބުންޏެވެ.



