ވަގުތު މީޑިއާގެ މުވައްޒަފުންގެ މުސާރައިގެ އައު އޮނިގަނޑުގެ ދަށުން، އެންމެ ދަށް މުސާރައަކީ 21،000 ރުފިޔާ ކަމުގައި ކަނޑައަޅައިފިއެވެ.
ވަގުތު މީޑިއާއިން ބުނިގޮތުގައި، މުސާރައިގެ މި އައު އޮނިގަނޑަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2027 ގައެވެ.
މި ބަދަލާ ގުޅިގެން މުވައްޒަފުންގެ މުސާރައަށް އަންނަ ”ބޮޑު ބަދަލު“ ގެ ތަފުސީލު ހިމެނޭ ލިޔުންތައް އެ މީޑިއާއިން މިހާރު ވަނީ މުވައްޒަފުންނާ ހިއްސާކޮށް، ސިޓީތައް ފޮނުވާފައެވެ.
މީގެ ކުރިން ވަގުތު މީޑިއާގެ މުވައްޒަފުންނަށް ކަނޑައަޅާފައިވާ އެންމެ ދަށް މުސާރައަކީ 15،000 ރުފިޔާ އެވެ. އައު އޮނިގަނޑާއެކު މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައަށް މިވަނީ 6،000 ރުފިޔާގެ ކުރިއެރުމެއް އައިސްފައެވެ.



