ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން ބުނީ ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް މިއަދުން ފެށިގެން ކުރިއަށް އޮތް ހަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުވާނެ ކަމަށެވެ.
ނަސްރުގެ ދުވަހު ބާއްވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހަރަކާތުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުވާނީ ހަވީރު 4:00 އިން 6:00 އާ ހަމައަށް ކަމަަށެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ، 3 ނޮވެމްބަރު 1988 ވަނަ އަހަރު ޝްރީ ލަންކާގެ ތަމަޅަ ޓައިގަރުން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެއަށް ލިބުނު ނަސްރާއި ގުޅިގެންނެވެ.



