ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ އަގުހުރި އިނާމުތަކެއް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑް ބޭނުންކުރާ މީހުންނަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމެރިކަން އެކްސްޕްރެސް ކާޑަކުން ހަފްތާއަކު މަދުވެގެން 1000 ރުފިޔާގެ ވިޔާފާރިކުރަން ޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ކާޑު މެޝިތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކާއި ބީއެމްއެލް ގޭޓްވޭ އަދި ކިއުއާރު ކޯޑް މެދުވެރިކޮށް ކުރާ ވިޔަފާރިތައް، މި ޕްރޮމޯޝަންގައި ހަފްތާއަކު ކުރާ ހަރަދުތަކުގެ ގޮތުގައި ހިމެނޭނެ އެވެ.
ގުރުއަތުން ހަތަރު ފަރާތް ހޮވާ މި ޕްރޮމޯޝަންގައި ވަރަށް އަގުހުރި އަދި އިތުރު ފަރާތްތަކާ އެކު ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ ފަދަ އިނާމުތަކެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން:
° ހާޑް ރޮކް ކެފޭ މޯލްޑިވްސް އިން ދެ ފަރާތަކަށް ރޭގަނޑުގެ ކެޔުމެއް
° މެކްބުކް ނިއޯ، އެޕަލް ވޮޗު އަދި އެއަޕޮޑްސް ހިމެނޭހެން އެޕަލްގެ އުފެއްދުންތައް
° އިނާމު ލިބޭ ފަރާތުގެ އިތުރުން ހަތަރު ފަރާތެއް ހިމެނުމުގެ ފުރުސަތު ލިބޭ ގޮތަށް، ބ. ފުޅަދޫގެ ’ވިލާ މިއާ’ގައި، އިތުރު ހަރަކާތްތަކާ އެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު
° ދެ ފަރާތަކަށް، މަންތާރޭ ސްނޯކްލިން ހިމެނޭހެން ރިސޯޓެއްގައި ދެ ރޭގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު



