ޖުމްހޫރީ ދުވަހާ ގުޅިގެން މި ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ކަނޑައެޅުއްވީ، މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހަކަށް ވުމުން ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށެވެ.
މި އަހަރުގެ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހަކީ ކަލަންޑަރުގައި މިހާރު އޮތް ގޮތުން ރަސްމީ ބަންދު ދުވަހެއް ނޫނަސް އެއީ ބަންދު ދުވަހެއް ކަމަށް ރައީސް މުޢިއްޒު މިއަދު ކަނޑައެޅުއްވުމުން ނޮވެމްބަރު 11 ވާ ބުދަ ދުވަހާއި ހަފުތާ ބަންދާ އެކު، ޖުމުލަ ހަތަރު ދުވަސް އެ ހަފުތާގައި ބަންދުވާނެ އެވެ. އެއީ ހަފުތާ ބަންދުގެ ދެ ދުވަހާ އެކުގައެވެ.
ނޮވެންބަރު 11 ފާހަގަ ކުރަނީ 1968 ވަނަ އަހަރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި ތާރީހީ ދުވަހުގެ ގޮތުގައެވެ.



