ހުޅުމާލޭ ފޭސް 3 ގައި މިރޭ 3 މިނެޓަށް ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފިއެވެ.
އެމްއެންޑީއެފްއިން ބުނީ މިރޭ 10:00 އާއި 11:30 ދެމެދުގެ ވަގުތެއްގައި ހަވާ އަރުވާނެ ކަމަށެވެ.
ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ކަމަށާއި ހަވާ އަރުވާނީ 3 މިނެޓަށް ކަމުގައިވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން މީގެ ކުރިންވެސް، އެކި މުނާސަބާތަކާ ގުޅުވައިގެން މާލެއާއި ބައެއް ރަށްރަށުގައިވެސް ވިޔަފާރި އުސޫލުން ހަވާ އަރުވައިދީފައި ވެއެވެ.



