2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަށް އިތުރު ބަދަލެއް ނުގެންނާނެ ކަމަށް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ބުނެފި އެވެ.
މިކަމާއި ގުޅޭގޮތުން މީރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ހިނގާ ޖޫން މަހުގެ މެދުތެރެއިން ބޮޑު އީދު ޗުއްޓީއާ ދިމާވި ނަމަވެސ،ް 2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑި ކަމުގައިވާ 30 ޖޫން 2024 އަށް ބަދަލެއް ނާންނާނެކަމަށެވެ.
މީރާއިން ވަނީ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހައި ފަރާތްތަކުން ވެސ،ް އެ ފަރާތުން 2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ ބެލުމަށްފަހު، ސުންގަޑިއަށް ބަޔާން ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ. ވަކީން ޚާއްސަކޮށް، ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރޭގައި މާލީ ހިސާބުތައް އޮޑިޓްކޮށް، އިންކަމް ޓެކްސް ބަޔާނާއެކީ އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތައް ހިމެނޭނެތ،ީ އެކަންކަމަކީ އެކަށީގެންވާ ވަގުތުތަކެއް ނަގާނެ ކަންކަމަށްވާތ،ީ ދުރާލާ ތައްޔާރުވެ ސުންގަޑިއަށް ބަޔާން ހުށަހެ ޅޭނެ ގޮތަށް އެ ފަރާތްތަކުގެ މަސައްކަތްތައް ތަރުތީބުކުރުމުގެ މުހިއްމުކަން މީރާއިން ފާހަނގަކޮށްފައި ވެއެވެ.
2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ މީރާގެ ވެބްސައިޓުގައިވާ އިންޓަރެކްޓިވް ގައިޑްhttps://mira.gov.mv/Guides/View/ict-filing-req-for-the-tax-year-2023…އިން ބެއްލެވޭނެއެވެ.



