ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލެ ސަރަހައްދު ހިމެނޭހެން ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ، ހއ އަތޮޅުން ގދ އަތޮޅަށެވެ. މިސަރަހައްދަށް ސަމާލު ނެރެފައިވަނީ، މެންދުރުފަހު 13:30 އިން ރޭގަނޑު 19:00 އަށެވެ.
ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ބުންޏެވެ.
މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ، ބުރާސްފަތި ދުވަހުގެ ފަހުންނެވެ.



