ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރ އެލެކްޒެންޑަރ ޑި ކްރޫއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދެވީ ކޮޕް 31 ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތައް ހަރުދަނާކުރުމުގައި ގުޅިގެން ކުރިއަށްގެންދެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްސަކޮށް ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާއި، އެއްބާރުލުން އިތުރުކޮށް ގުޅިގެން ކުރިއަށްގެންދެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް މަޝްވަރާކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައިވަނީ އ.ދއިން ދިވެހިރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމާއި މެދުކެނޑުމެއްނެތި ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ބޭފުޅުންވެސް ވަނީ މި ގުޅުން އިތުރަށް ދަމަޙައްޓާ ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެގޮތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.


