މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެމްބަރު މަހުގެ 5-7 ކުރިއަށް ދާނެއެވެ.
ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މި ޚާއްސަ ކޮންފަރެންސްގައި ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓާނެގޮތުގެ މަޝްވަރާތައް ކުރާނެއެވެ.
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުމެވެ.
https://www.facebook.com/share/v/18jR94sN3D/
މި އަހަރުގެ ރިސާޗް ކޮންފަރެންސްގައި މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި މާލީ ހަމަޖެހުމާއި އިސްލާމީ މާލީ ނިޒާމާއި ޑިޖިޓަލް ފައިނޭންސާއި އިގްތިސާދު ސިންދަފާތުކުރުމާއި ޑިޖިޓަލް ފައިނޭންސާއި މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ފަދަ އެތައް މައުޟޫއަކަށް ވާހަކަތައް އަމާޒުވެގެންދާނެ ކަމުގައި އެ އޮތޯރިޓީން ބުނެފައިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ރިސާޗް ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތަކެވެ. މި ބައި ކުރިއަށް ދާނީ އެމްއެމްއޭގައި ކަމަށް އެ އޮތޯރިޓީން މައުލާމާތުދެއެވެ. އަދި ކޮންފަރެންސް އެޖެންޑާގެ މައިގަނޑު ކަންތައްތައް ކުރިއަށްދާނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައި ކަމަށް ވެސް އެމްއެމްއޭއިން ހާމަކުރެއެވެ.
މި ކޮންފަރެންސްގެ މަގުސަދަކީ ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. އަދި ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.
މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުޑަ ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.
އެމްއެމްއޭއިން އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ބޭއްވީ 2024 ވަނަ އަހަރުއެވެ. މިއީ ޖެހިޖެހިގެން މި ކޮންފަރެންސް ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ. އެމްއެމްއޭ ރިސާޗްކޮންފަރެންސްގެ މައުލޫމާތު މި ވެބްސައިޓުން ލިބޭނެއެވެ.



