ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގައި ބޯހިމަނަން އެގްރިކަލްޗަރ މިނިސްޓްރީން އިއްޔެ ފަށައިފިއެވެ.
މިއީ އެ މިނިސްޓްރީއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެގޮތުން އެ މިނިސްޓްރީން ބުނީ މުޅި ރާއްޖޭގެ ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްރަށުން 39 ފަރާތަކުން މި ހަރަކާތުގައި ބައިވެރިވާ ކަމަށެވެ.
މީގެއިތުރުން އެ މިނިސްޓްރީން ބުނީ، ގައުމީ ފެންވަރުގައި އަލަށް ކުރިއަށް ގެންދާ ބޯހިމެނުމުގެ ސަބަބުން، ދަނޑުވެރިކަމުގެ ދާއިރާގެ މުހިންމު ތަފާސްހިސާބުތައް ލިބޭނެ ކަމަށާއި އެއީ ކާނާގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުރި ގޮންޖެހުންތަކާއި މަދުވާ ކަންކަން ދެނެގަތުމަށް އަޅާ މުހިންމު ބިންގަލަކަށް ވާނެ ކަމަށެވެ.



