ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން އަންހެނަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ޑައިމޯފިން ބޭނުން ކުރުމުގެ މައްސަލައަކާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާތީ އެ އަންހެން މީހާ ހޯދަމުން ދާ ކަމަށެވެ.
ފުލުހުން ހޯދަމުން ދަނީ ކ. މާލެ، މ. ލޮނުމިދިލިގެ، ޔުމްނާ އަބްދުރައްޒާޤު ނަމަކަށް ކިޔާ 38 އަހަރުގެ ދިވެހި އަންހެނެކެވެ.
މި އަންހެން މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.




