ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި އިޚްލާޞްތެރިޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާޝަރަފުވެރި ޤައުމީ އިނާމު، އެމްޑަބްލިޔުއެސްސީ ގެ 4 މުވައްޒަފަކަށްލިބިވަޑައިގެންފިއެވެ.
އެމްޑަބްލިޔުއެސްސީ ބުނިގޮތުގައި، މި އިނާމު ހާސިލުކުރެއްވި މުވައްޒަފުންނަކީ ކުންފުނީގެތަރައްޤީއަށާއި ދިވެހި ޤައުމަށް ނަމޫނާ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާތަޖުރިބާކާރު ބޭފުޅުންނެވެ.
1. އަލްފާޟިލް މުޞްޠަފާ ޙަސަން
އަލްފާޟިލް މުޞްޠަފާ ޙަސަން އަކީ ދިވެހި ދައުލަތަށާއި، މޯލްޑިވްސް ވޯޓަރ އެންޑްސެނިޓޭޝަން އޮތޯރިޓީ (އެމް.ޑަބްލިޔު.އެސް.އޭ) އަދި އެމް.ޑަބްލިޔު.އެސް.ސީ އަށްޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 16 އޮގަސްޓް 1995 ގައި ވޯޓަރ ޕްރޮޑަކްޝަން އޮފިސަރުގެ މަޤާމުން މި ކުންފުންޏާގުޅިވަޑައިގެންނެވި މުޞްޠަފާ މިހާރު ހުންނެވީ ސީނިއަރ ޕްރީފޯމް އޮޕަރޭޝަންސްއިންޖިނިއަރުގެ މަޤާމުގައެވެ.
ކުންފުނީގެ ބޮޓަލް ފެން ޕްލާންޓް ޤާއިމުކޮށްހިންގުމުގައާއި، ޕްލާންޓް އަޕްގްރޭޑްކުރުމާއި، އާ މެޝިނަރީ އިންސްޓޯލްކުރުމުގެއިތުރުން ޕްރީފޯމް ލައިޓްވެއިޓިންގ ފަދަ މުހިންމު ފަންނީ މަޝްރޫޢުތަކުގައި އޭނާވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި 2006 އިން 2008 އަށްމުވައްޒަފުންގެ ކްލަބުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން، 1996، 1997 އަދި2018 ވަނަ އަހަރު ކުންފުނީގެ ފާހަގަކޮށްލެވޭ އެވޯޑުތައް ވެސް ވަނީހާސިލުކުރައްވާފައެވެ.

2. އަލްފާޟިލާ އާމިނަތު ރަޝީދާ
އަލްފާޟިލާ އާމިނަތު ރަޝީދާ އަކީ އެމް.ޑަބްލިޔު.އެސް.އޭ އަދިއެމް.ޑަބްލިޔު.އެސް.ސީގައި ޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. 01 ޑިސެންބަރު 1995 ގައި ބިލިންގ އެކައުންޓްސްއެސިސްޓަންޓްގެ މަޤާމުން އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިވަޑައިގެންނެވި އާމިނަތުރަޝީދާ، މެދުނުކެނޑި 30 އަހަރަށްވުރެ ގިނަ ދުވަހު މި ކުންފުންޏަށް ޚިދުމަތްކުރައްވާފައިވާއިރު، މިހާރު އަދާކުރައްވަމުން ގެންދަވަނީ އެސިސްޓަންޓް ޕެއަބަލްއެގްޒެކެޓިވްގެ މަޤާމެވެ. ފައިނޭންސް ޑިވިޜަންގައި ސަޕްލަޔަރުންގެ ޕޭމަންޓްތައްޕްރޮސެސްކުރުމާއި، މާލީ ރެކޯޑްތަކާއި ބިލް ރެކޯޑްތައް ސައްހަކަމާއެކުބެލެހެއްޓުމުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ. އާމިނަތު ރަޝީދާގެ ފަރުވާތެރި މަސައްކަތް ފާހަގަކޮށް
ކުންފުނިން ވަނީ 2004 ވަނަ އަހަރު ”މޯސްޓް ޑެޑިކޭޓެޑް އެމްޕްލޯއީ“ އަދި 2010 ވަނަ އަހަރު ”މޯސްޓް ޕްރޮޑަކްޓިވް އެމްޕްލޯއީ“ އެވޯޑް ދެއްވާފައެވެ.
3. އަލްފާޟިލް މުޙައްމަދު ޢަލީ
އަލްފާޟިލް މުޙައްމަދު ޢަލީ އަކީ އެމް.ޑަބްލިޔު.އެސް.އޭ އަދިއެމް.ޑަބްލިޔު.އެސް.ސީގައި ޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ހީވާގި މުވައްޒަފެކެވެ. 01 ޖަނަވަރީ 1996 ގައި ރީ–ޑިސްކަނެކްޝަންޓީމް ލީޑަރުގެ މަޤާމުން އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިވަޑައިގެން، މެދުނުކެނޑި 30 އަހަރުގެ ޚިދުމަތް ފުރިހަމަކުރައްވާފައިވާ މުޙައްމަދު ޢަލީ މިހާރު ހުންނެވީ ސީނިއަރކަސްޓަމަރ ސާރވިސް އޮފިސަރުގެ މަޤާމުގައެވެ. ކަސްޓަމަރ ސާރވިސްޚިދުމަތްތައް ހަރުދަނާކުރުމާއި، އަތޮޅުތެރޭގެ އޮފީސްތައް ބެލެހެއްޓުމާއި، ކުންފުނީގެISO އަދި OHSAS ސްޓޭންޑަޑްތައް ހާސިލުކުރުމުގައި އޭނާ އިސް ދައުރެއްއަދާކުރެއްވިއެވެ.
މީގެ އިތުރުން 1998 ވަނަ އަހަރު މާލޭގެ ފެން ޑިސްޓްރިބިއުޝަންނެޓްވޯކް އެޅުމުގައާއި، 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައިމެދުނުކެނޑި ޚިދުމަތް ދިނުމުގައި ނަމޫނާ ދެއްކެވި މުޙައްމަދު ޢަލީއަށް ވަނީ 2020 ވަނަ އަހަރު ”ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރސް“ އެވޯޑް ލިބިވަޑައިގެންފައެވެ.

4. އަލްފާޟިލް މުޙައްމަދު އިޔާޟް
އަލްފާޟިލް މުޙައްމަދު އިޔާޟް އަކީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގުމުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 10 އޮގަސްޓް1987 ގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން ޚިދުމަތް ފައްޓަވައި، 01 ޖަނަވަރީ1996 ގައި އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިވަޑައިގެންނެވި މުޙައްމަދު އިޔާޟް ވަނީ މިކުންފުނީގައި މެދުނުކެނޑި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. ޓެކްނިކަލް ސަޕޯޓާއި، ޓްރާންސްޕޯޓް އަދި މެނުފެކްޗަރިންގ ދާއިރާގެ އެކިމަޤާމުތައް ފުރުއްވުމަށްފަހު މިހާރު އަދާކުރައްވަނީ މީޓަރ ރިޕްލޭސްމަންޓް އޮފިސަރމަޤާމެވެ.
ކުންފުނީގެ ދަތުރުފަތުރާއި އޮޕަރޭޝަނަލް މަސައްކަތްތައްސުޕަވައިޒްކުރުމާއި، އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމުގެއިތުރުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުމުގައިއޭނާ ދައްކަވާފައިވަނީ ޒިންމާދާރު، ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ ޝަރަފުވެރި ޤައުމީއިނާމު ހާސިލުކުރެއްވި އެމްޑަބްލިޔުއެސްސީގެ މި 4 މުވައްޒަފުން ކޮށްދެއްވާފައިވާއި ޚްލާޞްތެރި ޚިދުމަތްތަކަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުން ވަނީ މަރުޙަބާއާއި ޝުކުރު އަދާކުރައްވާފައެވެ.




