ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ބައެއް ކޮމީޓީތަކުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރައްވާ މެންބަރުންނަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތައް މަޖިލީހުގެ ރިޔާސަތުން ވަނީ ޢާންމުކޮށް އިޢުލާނުކޮށްފައެވެ.
އެގޮތުން، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި އެ ކޮމީޓީއަށް ހަމަޖައްސަވާފައިވަނީ ގއ. ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.
މީގެ އިތުރުން، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެ ކޮމީޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީގެ ބަދަލުގައި އެ ކޮމީޓީއަށް ހަމަޖައްސަވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤެވެ.



