ކުރިޔަށް އޮތް އަޟްހާ އީދު ބަންދު ތެރޭގައި ޕާސްޕޯޓުގެ ހިދުމަތް ދޭ ގަޑިތައް އިމިގްރޭޝަނުން އާންމުކޮށްފިއެވެ.
އަޟްހާ އީދާއި ދިމާކޮށް ސަރުކާރު ބަންދު ކުރުމަށް ނިންމާފައިވަނީ މި ޖޫން މަހުގެ 17 އިން ފެށިގެން 22 ވަނަ ދުވަހާއި ހަމަޔަށެވެ.
އިމިގްރޭޝަނުން ބުނީ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 17 ޖޫން އިން 20 ޖޫން އާއި ހަމަޔަށް ކަމަށެވެ. މި ދުވަސްތަކުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑި އިރު ޕާސްޕޯޓު ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ. އަދި 65 އަހަރުން މަތީގެ ފަރާތްތަކާއި އެމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނީ ހެނދުނު 09:00 އިން 13:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޔެވެ.
ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ވަނީ ހެނދުނު 8:30 އިން 16:00 އަށް ކަމަށާއި، ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.
މި އަހަރުގެ އަރަފާތު ދުވަހަކީ މި މަހު 16 އަށް ވާއިރު، ބޮޑު އީދު ދުވަހަށް ވަނީ 17 ވަނަ ދުހެވެ.




