ގދ. ވާދޫގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއަށް ގެއްލުންދީފި އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
ވާދޫގައި ބަހައްޓާފައިވާ ބީއެމްއެލްގެ އޭޓީއެމްއަށް ގެއްލުން ދީފައިވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައިވާއިރު، ވީޑިއޯ އިން ފެންނަނީ އޭޓީމްގެ ނަންބަރުތައް ޖަހާފައިވާ ބަޔަށް ކުނިކަހާ ފިހިގަނޑެއް ޖަހާފައިވާ މަންޒަރެވެ.




