ތައިލެންޑުގައި އުފައްދާ ވިއްކާ 15 ބޭހެއް ނުގަތުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ސަމާލެއްގައި ބުނެފައިވަނީ، ތައިލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއްގެ ކަމަށްވާ ސެވަން ސްޓާސް ފާމަސޫޓިކަލްސް އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ އެކްސޮޕިއެންޓެއް ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ ތައިލެންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ އިން 15 ބާވަތެއްގެ ބޭސް ބޭނުން ނުކުރަން އަންގާފައިވާ ކަމަށެވެ.

ގަތުން މަނާކުރި ބޭސްތަކަކީ، ރާއްޖެ އެތެރެކޮށް ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ނުހިމެނޭ ބޭސްތަކެކެވެ. އެހެންނަމަވެސް، މި ސަމާލު ނެެރެފައިވަނީ، ތައިލޭންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލެންޑުން ބޭސް އެތެރެކުރާތީ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ. އަދި، ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއް ދިނުމަށާއި ވައިގެ އަދި ވިޔަފާރި ބަނދަރުތަކުން މި ބޭސްތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.




