އީދު ބަންދުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) ގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުވާނެކަމަށް އެކުންފުނިން ބުނެފި އެވެ.
އީދަށް ސަރުކާރުން އަންނަ ހަފުތާ އެއްކޮށް ބަންދުކޮށްފައިވާއިރު، ސްޓެލްކޯއިން ބުނެފައިވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުވާނެކަމަށެވެ. އަދި މި މުއްދަތުގައި ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުކޮށްފައި ހުރި ނަމަވެސް، އަންނަ ހަފުތާ އަންގާރަދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކުންފުނީގެ ކޮންޓެކްޓް ސެންޓަރުތަކުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން، އެ ތިންދުވަހުވެސް ހެދުނު 8:30 އިން ރޭގަނޑު 11:00 އަށް އެ ސެންޓަރުތަކުން ޚިދުމަތް ލިބޭނެކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ކޮންޓެކްޓް ސެންޓަރުތަކުގެ ޚިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ވައިބަރ، ވަޓްސްއަޕް، ޓެލެގްރާމް، އަދި ފޭސްބުކް މެސެންޖާ މެދުވެރިކޮށް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. މި ޚިދުމަތް ލިބޭނީ އެ ކުންފުނީގެ ވެބްސައިޓް stelco.com.mv މެދުވެރިކޮށްނެވެ. ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ހޯދަން، އެ ސެންޓަރުގެ ހޮޓްލައިން 3314949 އަށްވެސް ގުޅައިގެން ކުރިޔަށްގެންދެވިދާނެއެވެ.
ސްޓެލްކޯއިން ދަނީ އެކުންފުނިން ދޭ ޚިދުމަތްތައް އާންމުންނަށް ލުއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖައްސައިދެމުންނެވެ.



