ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫއޭއީ) ގެ ސިޓީއެއްކަމަށްވާ ޝާރްޖާއާއި ޕޮލޭންޑާއި ދެެމެދު ސިދާ ދަތުރުކުރުމަށް ނިންމާފައިވާކަން ޝާރްޖާ އެއާޕޯޓާއި އެއާ އެރެބިއާއިން އިއުލާނުކޮށްފި އެވެ.
އެއާ އެރެބިއާއިން ޝާރްޖާއާއި ޕޮލޭންޑާއި ދެމެދު އަލަށް ފަށާ މިދަތުރުތައް ލޯންޗުކުރީ އިއްޔެ އެވެ. މި ދަތުރު އިފްތިތާހުކޮށްދެއްވީ ޝާރްޖާ އެއާޕޯޓް އޮތޯރިޓީ(ޢެސްއެސްއޭ)ގެ ޗެއަރމަން އަލީ ސާލިމް އަލް މިދުފާ އާއި ޕޮލޭންޑުން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަކޫބް ކެކްޕާ ސްލްވެކް އެވެ. މިހަފުލާގައި އެއާ އެރެބިއާ އާއި ޝާރްޖާ އެއާޕޯޓްގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
ޔޫއޭއީގެ ދަތުވެރިންނަށް އިތުރު ފުރުސަތު ތައް ފަހިކޮށްދިނުމުގެ ގޮތުން އާ މަންޒިލަކަށް އެއާ އެރެބިއާއިން ފަށާ މިދަތުރުގައި، ހަފުތާއަކު ތިން ދަތުރު ޕޮލޭންޑްގެ ކްރަކޯވްއަށް ކުރުމަށް މިހާރު ނިންމާފައިވި ނަމަވެސް ޑިމާންޑަށް ބަަލައި ފަހުން ދަތުރުތައް އިތުރުކުރާނެކަމަށް އެއާ އެރެބިއާއިން ބުނެފައި ވެއެވެ.
މި ދަތުުރު ލޯންޗުކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ޝާރްޖާ އެއާޕޯޓް އޮތޯރިޓީ(ޢެސްއެސްއޭ)ގެ ޗެއަރމަން އަލީ ސާލިމް އަލް މިދުފާ ވިދާޅުވީ، މިދަތުރުގެ ސަބަބުން ޔޫއޭއީއާއި ޕޮލެންޑާ ދެމެދު ދަތުުރުކުރުމަށާއި އަދި ކާގޯއަށް އޮންނަ ޑިމާންޑް އިތުރުވެ، ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިއާއި އިގުތިސާދު އަދި ފަތުުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް އިތުުރުވެ ދެގައުމަށްވެސް އޭގެ އެދެވޭ ފައިދާތައް ކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ޝާރްޖާ އެއާޕޯޓުން ދުނިޔޭގެ ދުނިޔޭގެ 26 އެއާލައިނަކާ ގުޅިގެން 63 ގައުމެއްފެ 100 މަންޒިލަކަށް ދަތުުރުތައް އޮޕަރޭޓް ކުރެއެވެ.




