14 އަހަރުގެ އަންހެނުން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ . އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ ނަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ހޯދަމުން ދަނީ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ކަމަށް ފުލުހުން ބުންޔެވެ. އެ އަންހެން ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް އާއިލާއިން މައުލޫމާތުދީފައި ވެއެވެ.
14 އަހަރުގެ ޔަލްވީ ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111، ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އާއި ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
ޔަލްވީ ގެއްލިގެން މިދިޔަ ފެބްރުއަރީ މަހުވެސް އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ހަފުތާއެއް ފަހުން ޔަލްވީ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން އޭރު ބުނެފައިވެއެވެ.



