ފެނަކައިން ކަރަންޓްގެ ޚިދުމަތް ދީފައިވާ ރަށްތަކުގެ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ޔޫ.އާރު.އޭ ގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް ފެނަކައިން އިންސްޕެކްޓް ކޮށްފިއެވެ. މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ފާހަގަ ކުރެވިފައިކަމަށް ފެނަކައިން މައުލޫމާތު ލިބިއްޖެއެވެ. މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ފެނަކައިން ކަރަންޓްގެ ޚިދުމަތް ދެވޭ މަގުބައްތިތަކަށް، މީގެފަހުން ކަރަންޓް ދޫކުރެވޭނީ ފެނަކައިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކުރެވިފައިވާ ނަމަ ކަމަށް ފެނެކައިން ޙިދުމަތްދޭ ރަށްތަކުގެ ކައުންސިލްތަކަށް 9 ޖޫން 2024 ގައި އަންގާފައިވާ ކަމަށް ސައުވީސް ނޫހަށް މަޢުލޫމާތު ލިބިއްޖެއެވެ.
މީގެ އިތުރުން ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތައް 27 ޖޫން 2024 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި އަދި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު މިހާރު ވަނީ އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ފެނަކައިން ހާމަކޮށްފިއެވެ. މި މުއްދަތުގެ ތެރޭގައި، ކައުންސިލްތަކުން، ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެކަމަށާއި ނުވަތަ، ފެނަކައިން ތަކެތި ފޯރުކޮށް، ބިލް ކުރެވޭގޮތަށް ފެނަކައިގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮއްދެވިދާނެ ކަމުގައި ވެސް ވަނީ ދަންނަވާފައެވެ.
މިއީ ޔޫއާރުއޭގެ މިންގަނޑަށް މަގު ބައްތިތަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މުއްދަތުގެ ތެރޭގައި މިންގަނޑާއި އެެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓް ޖުލައި މަހުގެ ނިޔަލަށް ކަނޑާލެވޭނެކަމަށް ފެނަކައިން ނިންމާފައިވެއެވެ. އަދި މި ކަންތަތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓަރ ކުރަމުން ދާނެއެވެ. ފެނަކަ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ޙާއްސަ އިސްކަމެއްދީ ރައްކާތެރި، އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ޙިދުމަތެއް ފޯރުކޮށްދިނުމަށްކަން ފެނަކައިން ފާހަގަ ކުރިއެވެެ.
ސަބް ޑީބީ ހަރުކޮށްދޭން ފެނަކައިން ކައުންސިލަށް ހުށައެޅި ޕެކޭޖް
ފެނަކައިގެ އަމިއްލަ ތަކެތީގައި ސަބް ޑީބީ އެއް ހަރުކޮށްދިނުމަށް ކައުންސިލްތަކަށް ހުށައަޅާފައިވާ އަގަކީ 8،500.00 ރުފިޔާ އެވެ. މި ޕެކޭޖްގެ ދަށުން، ތަކެތީގެ އަގަށް އެކަނި ޗާޖްކުރަން ކުންފުނިން ނިންމާފައިވާއިރު މީޓަރ ޓެސްޓް ކުރުމާއި ސަބް ޑީބީ ތައް ހިލޭ ހަރުކޮށްދިނުމަށްވެސް ވަނީ ނިންމަވާފައެވެ.
ސަބް ޑީބީ ގައި ހިމަނަން ޖެހޭ މައިގަނޑު ތަކެތި
ނަމްބަރު |
ތަފްސީލު |
އަދަދު |
ޔުނިޓް |
| 1 | 01 Phase House Meter 10-100 | 1 | Nos |
| 2 | 01 Pole M.C.B 32A | 1 | Nos |
| 3 | 02 Pole E.L.C.B 40A | 1 | Nos |
| 4 | 1 Pole Encloser Box | 1 | Nos |
| 5 | 2B Meter Box | 1 | Nos |
| 6 | Timer Switch (230V 45-60Hz) | 1 | Nos |
| 7 | Contactor 40A | 1 | Nos |



