ގެއްލުމުގައި ހިންގާ ދައުލަތުގެ ކުންފުނިތައް އުވާލަން ނިންމައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިގޮތަށް ނިންމާފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
ޕީސީބީން ބުނީ، ގެއްލުުމުގައި ހިންގާ ކުންފުނިތައް އުވާލާ، އަދި ބައެއް ކުންފުނިތައް އެއްކޮށްލަން އެކުންފުނީ ބޯޑުން ތައްޔާރުކޮށް އެންޑޯޒްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ލިސްޓު ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވާކަމަށެވެ. އަދި، ގެއްލުމުގައި ހިންގާ ކުންފުނިތަކާމެދު އަމަލުކުރާނެ ސްޓޭންޑާޑް އޮޕަރޭޓިންގް ޕްރޮސީޖާ (އެސްއޯޕީ) އެކުލަވާލާފައިވީނަމަވެސް މި ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ލިސްޓު ޕީސީބީން އަދި ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުގެ ބައެއްކުންފުނިތައް ގެއްލުމުގައި ހިންގާއިރު، ބައެއް ކުންފުނިތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުންވެސް އެބަތިއްބެވެ. ގެއްލުމުގައި ހިންގާ ކުންފުނިތަކުގެ ތެރޭގައި މިފްކޯއާއި ފެނަކަ ހިމެނެއެވެ.



