ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)ގެ އިންޖީނުގެތައް ހިންގާނެގޮތުގެ އަތްމަތީ ފޮތެއް ނެރެފި އެވެ.
”ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް“ ނެރުނީ އެކުންފުނީގެ މެނޭޖަރުންނަށް ހިންގި ތަމްރީނު ޕްރޮގްރާމް ނިންމުމަށް އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ފޮތް ނެރެދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ އެވެ.
351 ސަފްހާގެ މައްޗަށް އެކުލެވޭ އެ ފޮތުގައި އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުންވެސް ކުންފުންޏާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައި ވެއެވެ. އަދި، ކުންފުނީގެ ޚިދުމަތުގެ ތާރީޙާއި، ތަސައްވުރާއި، އަމާޒުވެސް ފޮތުގައި ހިމަނާފައި ވެއެވެ.
ސްޓެލްކޯއިން ދަނީ އެކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު ބޭނުންކުރާ އިންޖީނުތައް ބަދަލުކޮށް ޒަމާނީ ފެންވަރަށް އާ އިންޖީނުގެތައް އެޅުމަށް ތައްޔާރުވަމުންންވެ. އަދި ކަރަންޓް ވިއުގަ އަޕްގްރޭޑަ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.



