އީރާނުގެ ރިޔާސީ އިންތިޚާބު، އިސްލާހަށް މަސައްކަތް ކުރައްވަމުން އަންނަ ކެންޑިޑޭޓް ޑރ. މަސްއޫދު ޕެޒެޝްކިޔާން ކާމިޔާބުކުރައްވައިފި އެވެ.
އިރާނުގެ ދާޚިލީ ވުޒާރާއިން އާންމުކުރި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ނަތީޖާ ދައްކާގޮތުން އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ ސައީދު ޖަލީލީއާ ވާދަކުރައްވައި %53.6 ވޯޓުންނެވެ. އެހެންކަމުން މަސްއޫދު ޕެޒެޝްކިއާން ވެގެންދާނީ އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ނުވަވަނަ ރައީސްއަށެވެ.
ޖޫން 28 ގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ޕެޒެޝްކިއާން ވަނީ އެހެން ތިން ކެންޑިޑޭޓުންނަށްވުރެ ކުރިހޯއްދަވައި ގިނަ ފަރާތްތަކެއް ހައިރާންކުރުވާފަ އެވެ. މި ކާމިޔާބީއާއެކު، އީރާނުގައި ދިގުދެމިގެންދިޔަ މުހާފިޒުކާރުންގެ ވެރިކަން ބަދަލުކުރަން ފުރުސަތު ލިބުމުން، އީރާނުގެ އިސްލާހަށް މަސައްކަތްކުރާ ފަރާތްތަކުގެ އުންމީދުތައް މިވަނީ އާވެފަ އެވެ.
ޕެޒެޝްކިއާން އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ވެރިރަށް ތެހެރާންގެ މަގުމައްޗަށް ނިކުމެ ކާމިޔާބީ ފާހަނގަކުރަމުންނެވެ. އުފާ ފާޅު ކުރުމުގެ ހަރަކާތްތައް އެންމެ ފޯރި ގަދަވެފައި ވަނީ ޕީޒިޝްކިޔާންގެ އުފަން ރަށް, އުރްމިޔާގައެވެ. އިންތިޚާބުގެ ކާމިޔާބީ އިއުލާނުކުރައްވައި ޕެޒެޝްކިއާން ވިދާޅުވީ، ޤައުމުގެ ކުރިއެރުމާއި، ލާބަޔަށްޓަކައި އެންމެންނާ ގުޅިގެން މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، އީރާނު ދުނިޔެއާއި ވަކިވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަވާނެކަމަށެވެ.
މެދުމިނުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ޕެޒެޝްކިއާން އަކީ ހިތުގެ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރެކެވެ. އަދި އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.
އިރާނުގައި އާ ރައީސަކު އިންތިޚާބުކޮށްފައި މިވަނީ، މިދިޔަ މެއިމަހު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި ކުރީގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެންނެވެ.




1 Comment
WisqlAhaSq masawqkatq kura mIhunq nakI wisqlAmqdInA bIrawqTehi nEwqgAni ބަޔެއްkamaSq gabUlq ކުރެވޭ! ޥަރަށްދެރަ! WIrAnq rawqyitunq naSqvesq vAnuvA wengE wru vaguthު fAwitu ވެދާނެ!