ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ހަފުތާއަކު 5،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ފަށައިފި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނަށް ހަދިޔާ ހޯދޭނެ ގިނަ ފުރުސަތުތަކާއެކު މިއަދު ފެށި މި ޕްރޮމޯޝަނަކީ، އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ގެ އައު ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް ވޮލެޓްތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން 7 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި މުއްދަތުގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް މެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ގުރުއަތުން ހޮވާލެވޭ 5 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 5،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.



