ކ. ގުރައިދޫގައި އާ ކޮންޓްރޯލް ޕެނެލްއެއް ބަހައްޓައި ބޭނުންކުރަން ފަށާފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނފި އެވެ.
އެކުންފުނިން ބުނީ، ކ. ގުރައިދޫގައި ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގުރައިދޫގައި ކުރިން ބޭނުން ކުރި ކޮންޓްރޯލް ޕެނަލްގެ ބަދަލުގައި ޒަމާނީ އައު ކޮންޓްރޯލް ޕެނަލްއެއް ބަހައްޓައި އިއްޔެ ބޭނުންކުރަން ފަށާފައި ވާކަމަށެވެ.
ސްޓެލްކޯއިން ބުނީ، މި އައު ކޮންޓްރޯލް ޕެނަލްއާއެކު ގުރައިދޫގައި ދެމުންގެންދާ ޚިދުމަތުގެ ޔަގީންކަން އިތުރުވެ، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެކަމަށެވެ.
ސްޓެލްކޯއިން ގެންދަނީ އެކުންފުނިން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.



